ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/024
އިޢުލާން
ހޫނު މޫސުމުގައި ސާފު ބޯފެން ބޭނުންވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާއި އެއްގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހޫނު މޫސުމުގައި ސާފު ބޯފެން ބޭނުންވާ ރަށްތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް މަދުވެގެން 100 ޓަނު އުފުލޭ 02 (ދޭއް) ދޯނި ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 12:15 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،14 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ޖުމާދަލް އޫލާ 1440
03 ފެބްރުއަރީ 2019