ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މިކުންފުނީގެ ބޭނުމަކަށް 500 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް އޮފީސް ޢިމާރާތަކަށް (ގްރައުންޑް ފްލޯރއިން)އިން ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2019/27 އިޢުލާންއާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 20 ފެބްރުވަރީ 2019 ވާ ބުދަ ދުވަހުގެ 14:00އަށް މިކުންފުނީގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 ފެބްރުވަރީ 2019 ވަނަ ދުވަހުގެ 14:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- މާލެ (މާފަންނު މެދުތެރެއިން ބޮޑުމަގަކުން)
ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން
- ތަނުގެ ބޮޑުމިން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ހުރި ސަރަހައްދު
- ޢިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
- ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
- ޢިމާރާތުގެ ސަލާމަތީ ފެންވަރު
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން
- ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
- ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ
ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
09 ޖުމާދަލް ޢާޚިރާ 1440
14 ފެބުރުވަރީ 2019