ދިވެހިރާއްޖެ
ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ވެހިކަލް ކުއްޔަށް ހިފުމަށް
ނަމްބަރު: (IUL)438-MCEP/438/2019/35) ތާރީޚް: 20 ފެބްރުއަރީ 2019
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ، މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ދަށުން އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ ޅ.ކުރެންދޫ ކުނި މެނޭޖް ކުރާ ސެންޓަރުގެ މަސައްކަތުގެ ސައިޓު ސާފް ކުރުމަށް ތިރީގައި ދެންނެވިފައިވާ އުޅަނދުތައް ކުއްޔަށް ހިފުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (((IUL)438-MCEP/438/2019/28 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
އަދަދު |
އުޅަދުގެ ނަން |
ބޭނުންވާ މުއްދަތު |
01 |
Dump Truck (15 tonnes) |
މި މަސައްކަތުގެ މުއްދަތަކީ 5 ދުވަހެވެ. |
01 |
Excavator (350 - low bed) |
މި ވެހިކަލްތައް އޮޕަރޭޓް ކުރުމަށް ޑްރައިވަރުން ހަމަޖައްސަންވާނީ ކުއްޔަށްދޭ ފަރާތުންނެވެ. މަސައްކަތުގެ މުއްދަތުގައި ޑްރައިވަރުންނަށް ކެއުމާއި ހުރުން ހަމަޖައްސާނީ މި މިނިސްޓްރީގެ ފަރާތުންނެވެ. އަދި ވެހިކަލްތައް މަސައްކަތުގެ ސައިޓަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލެ ނުވަތަ ތިލަފުށީ ބަނދަރުންނެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ވެހިކަލްތައް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 25 ވާ ހޯމަ ދުވަހު 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.
އަހުމަދު ނިޒާމް
ޕްރޮޖެކްޓް މެނޭޖަރ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
އީމެއިލް: mcep@environment.gov.mv
އަގު ހުށަހެޅުން އޮންނާނީ 2019 ފެބްރުއަރީ 25 ވާ ހޯމަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.