ދިވެހިރާއްޖެ
c
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: IUL 10-F/10/2019/31
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްއަށް 1 މިނީ ވޭން (5 މީހުންގެ ޖާގައިގެ) ގަންނަން ބޭނުން ވެގެން ކުރި ނަންބަރު:(IUL)10-F/10/2019/15 (04 ފެބުރުވަރީ 2019) އިޢުލާނާއި ގުޅިގެން ބިޑް ސަމްބިޑަށް ވަޑައިގެންނެވީ އެންމެ ދެ ފަރާތުކަމަށްވާތީ އަލުން ވޭން ގަތުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މަތީގައިވާ ތަކެތި ވިއްކުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގެ 13:30 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 މާރިޗު 2019 ހޯމަ ދުވަހުގެ 13:30ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.