ދިވެހިރާއްޖެ
މަޤާމް: ވަގުތީ އިމާމް
ބޭނުންވާ އަދަދު: ފިރިހެން 07 އަދި އަންހެން 02
ގިންތި: ވަގުތީ
މުއްދަތު: މީލާދީ 01 އަހަރު
ބަލަހައްޓަން ޖެހޭ މިސްކިތްތައް: ހުކުރު ކުރާ މިސްކިތްތައް ، ގަބުރުސްތާނު މިސްކިތްތައް އަދި އަންހެނުންގެ މިސްކިތްތައް
މަސައްކަތް ކުރަންޖެހޭ ވަގުތު: މިމަޤާމްމަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭނީ އިމާމުން ޗުއްޓީއާއި ސަލާމްގައި ތިބޭ ވަގުތުތަކުގައެވެ. އެހެންކަމުން މުސާރައާއި އެލަވަންސް ލިބިލައްވާނީ އެފަދަ ހާލަތުގައި ހަމައެކަނި މިސްކިތް ބަލަހައްޓަވާ ދުވަސްތަކަށެވެ.
މުސާރައާއި އެލަވަންސް: އިމާމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/61ރ ރުފިޔާ އަދި މުދިމް - ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53ރ ރުފިޔާ
ތަޢުލީމާއި ތަޖުރިބާ: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން
މަޤާމުގެ މަސްއޫލިއްޔަތު: މިސްކިތު މަސައްކަތު މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން ، އެގޮތުން މަސައްކަތު މުވައްޒަފުން މިސްކިތް ސާފުކުރަމުން ގެންދާ ގޮތާއި ނަމާދު ވަގުތުތަކަށް ޙާޟިރުވަމުން ގެންދާ ގޮތް މިސްކިތުގައި އޮންނަ ރިކޯޑް ފައިލްގައި ރިކޯޑްކޮށް ބެލެހެއްޓުން އަދި ދިމާވާ ކަންތައްތައް ޤަވައިދުން ކައުންސިލް އިދާރާއަށް ރިޕޯޓްކުރުން
ހުށަހަޅަންޖެހޭ ލިޔުންތައް: މަޤާމަށް އެދި ސިޓީ ހުށަހެޅުން
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
އެކައުންޓް ނަންބަރ އެނގޭނެ ފަދަ ލިޔުމެއްގެ ކޮޕީ
މަޤާމަށް އެދުމުގެ ސުން ގަޑީ: 28 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
މަޢުލޫމާތު ސާފުކުރުން: އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ރަސްމީ ގަޑީގައި 6528831 ނުވަތަ 6527180 އަށް ގުޅުއްވުން އެދެމެވެ.