ދިވެހިރާއްޖެ
މިހާރުގެ ބޭކަރީގެ މަސައްކަތްތައް ކުރަމުން އަންނަ ވަނިޔާ ޢިމާރާތް (ދިރާގު ޓަވަރ ކުރިން ހުރި ޢިމާރާތް) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ،މި އިމާރާތް ކުއްޔަށް ދޫކުރުމަށް 17 ޖެނުއަރީ 2019ގައި ކުރެވުނު ނަންބަރު: (IUL)327-C/327/2019/11އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އަލުން މި އިމާރާތް ކުއްޔަށް ދޫކުރުމަށް އިއުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ފޯމް ވިއްކުން 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 9:00 އިން ފެށިގެން 03 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓްސް ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓްސް ވިއްކާނީ ދެންނެވިފައިވާ ތާރީޚުން ފެށިގެން ކޮންމެ ދުވަހެއްގެވެސް 9:00 އިން 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިންނެވެ. ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ޑޮކިއުމެންޓްސް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ. ބިޑް ޑޮކިއުމެންޓްސް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ. |
މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް ވަނިޔާ އިމާރާތް ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 03 މާރޗް 2019 ވާ ބުރާސްފަތި ދުވަހުގެ13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަން ވާނެއެވެ. ބިޑް ޑޮކިއުމެންޓްސް ބައްލަވައި ގަންނަވާ ފަރާތްތަކުގެ ތެރެއިން ޕްރީ ބިޑް މީޓިންގްއަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބިޑް އޯޕެން މީޓިންގްގައި ބައިވެރިވެވޭނެއެވެ. |
ބިޑް އޯޕަން މީޓިންގް ބިޑް ޑޮކިއުމެންޓްސް ބައްލަވައިގަނެފައިވާ ފަރާތްތަކުން، ބިޑްފޯރމް ފުރިހަމަކޮށް ހުށަހެޅުން އޮންނާނީ 05 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ވީމާ، ބިޑް ފޯމް ބައްލަވާގަންނަވާ ބޭފުޅުން، ބިޑް ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށައެޅުމަށްޓަކައި 05 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއެވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. |