ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުން ވެއްޖެ.
މިހޮސްޕިޓަލްގައި އިމާރާތްކުރަމުންދާ ޕްރައިވެޓް ރޫމް ތަކުގެ ކުރިމަތީ ވޯކްވޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ URH/IUL/2009/01 އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާތިލުކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 މާރިޗް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ގެ ކޮންފަރެންސް ހޯލަށް ވަޑަގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 13 މާރިޗް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.