ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: 13/IUL)303-AS/303/2019)
އިޢުލާން
ރ. އުނގޫފާރު ފެނުގެ ނިޒާމްގައި މަސައްކަތްކުރާނެ މީހުންހޯދުމާއި ގުޅޭ
ރ. އުނގޫފާރުގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އޮޕަރޭޓްކުރުމަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 03 ފަރާތަކަށް އެފުރުޞަތު ދިނުމަށްވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރޗް 2019، ހޯމަ ދުވަހުގެ 12:00 ކުރިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލިބިފައިވާ އިތުރު ތަމްރީންތަކާއި ގުޅޭ ލިޔުންތަކާއި އެކު މިކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިފުރުޞަތުގައި 03 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ހުށަހަޅާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށްބަލާއި އެންމެ ރަގަޅު 03 ފަރާތަށް ފުރުޞަތު ދެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
23 ޖުމާދަލްއާހިރާ 1440
28 ފެބުރުއަރީ 2019
އަބުދުއްނާޞިރު ޢަލީ
( އުނގޫފާރު ކައުންސިލްގެ ރައީސް )