ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ 101-BR/CIR/2019/2 ނަމްބަރ ސާކިއުލާއިން ޢާންމުކޮށްފައިވާ 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުގެ ދަށުން، ނައިފަރު ކައުންސިލްގެ 2019 ވަނަ އަހަރުގެ 07 ވަނަ ޢާންމު ޖަލްސާއިން ނިންމާފައިވަނީ، ނައިފަރުގައި 24 ގަޑިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ ތިރީގައި ދެންނެވިފައިވާ މަގުތަކުގައި ޤާއިމްކުރެވިފައިވާ ވިޔަފާރިގެތަކަށް ކަމުގައެވެ.
24 ގަޑިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ހުށަހަޅާފައިވާ ފޯމް މެދުވެރިކޮށެވެ. އަދި މި ފޯމް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ހުއްދަ ދޫކުރާނީ، ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމުގައި ދަންނަވަމެވެ. ހުއްދަ ދޫކުރުމުގެ ކުރިން، ހުއްދައަށް އެދޭ ތަންތަން ބަލާ ފާސްކުރުމަށްފަހު، މިނިސްޓްރީއިން ހުއްދަ ދިނުމާމެދު ގޮތެއް ނިންމައި އަންގާނެއެވެ. އަދި މިގޮތަށް ބަލާ ފާސްކުރާއިރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރެވިފައިވާ ޤަވާއިދު ނަމްބަރ؛ 2018/R-136 , 2018/R-136 އަދި 2018/R-138 ގައި ބަޔާންކުރެވިފައިވާ ކަންކަން ފުރިމަވެފައިވޭތޯ ބަލާނެއެވެ. މި ސާކިއުލާ އަދި ޤަވާއިދުތަށް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ވެބްސައިޓް އަދި ފޭސްބުކް ޕޭޖްގައި އަޕްލޯޑް ކުރެވިފައިވާނެއެވެ. |