ދިވެހިރާއްޖެ
`
ނަމްބަރ: IUL-248-CAA/248/2019/25
އިޢުލާން
ބަނދަރު ސަރަހައްދުގައި އިޝްތިހާރު ބޯޑު ބެހެއްޓުމަށް ބިންދޫކުރުން
މިރަށުގެ ބަނދަރު ސަރަޙައްދުގައި އިޝްތިހާރު ބޯޑާއި ބިލްބޯޑު ބެހެއްޓުމަށް ބިން ދޫކުރުމަށް ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2019/19 (26 ފެބުރުވަރީ 2019) ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކޮށްފައި ވަނީ 1 ފަރާތަކުން ކަމަށް ވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލައިފީމެވެ.
ވީމާ، އެކަމަށް ބިން ބޭނުންވެ ލައްވާ ފަރާތްތަކުން 14 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 މާރިޗު 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:30 ގެ ކުރިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވައި 25 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ޕްރޮޕޯޒަލް ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް އިސްތިހާރު ބޯޑު ބެހެއްޓުމުގެ ޕްރޮޕޯޒަލްކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.