ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2019/45
އިޢުލާން
މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ 13 އޭޕްރީލް 2019 ވާ (ހޮނިހިރު) ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ބޭނުންވާ ބެކް ޑްރޮޕް ، ސައުންޑް ހަދައި އަދި ލެޑް ވޯލް ބަހައްޓައި ލައިޓް ހަރުކޮށް ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.