ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ.
ނަމްބަރު: IAS/MIS/2019-950
ޢިއުލާން
މިކުންފުނީގައި ބޭނުންކޮށްފައިވާ ޓަޔަރުތަކެއް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 13 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މިކުންފުނީގެ އިންޖިނިއަރިންގ ހެންގަރ އަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ހަމަ އެދުވަހުގެ ހެނދުނު 10:00ގައި ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތުވާކަމުގައި ދަންނަވަމެވެ.
ނީލަން ކިޔުން އޮންނާނީ އެއަރޕޯޓުގައި ކަމަށްވާތީ، މިނީލަމުގައި ބައިވެރިވާ ފަރާތްތަކުން 07 އޭޕްރީލް 2019 ވާ އާދިއްދަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއަކާއި ގުޅޭނެ ނަމްބަރެއް އައިލެންޑް އޭވިއޭޝަންގެ މައިއޮފީހަށް ހުށައެޅުން އެދެމެވެ.
މިކަމާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ފޯނު ނަންބަރު 3331267 އަށް ގުޅުއްވުން އެދެމެވެ.
26 ރަޖަބު 1440
02 އޭޕްރީލް 2019