ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2019/22
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 21:56
ސުންގަޑި: 28 އޭޕްރިލް 2019 13:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމާއި ބެހޭ

                  1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގައި ފަޤީރުންގެ ދަފުތަރު އަލުން އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 03 އެޕްރީލް 2019 އިން 28 އެޕްރީލް 2019 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

                  ވީމާ، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www. kulhudhuffushi.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

02 އޭޕްރިލް 2019