ކުއްޔަށް ހިފުން
ނަންބަރު: 60-ADM/2019/82
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި:
11 އޭޕްރިލް 2019 14:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ، މާފަންނު ސަރަޚައްދުން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރީގެ 01 (އެކެއް) އެޕާރޓްމަންޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު 60-އޭޑީއެމް/69/2019 ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ޝަރުތުތައް:
- ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭހެން ކައްކާ ކެވޭ ގޮތަށް ހުރުން
- ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެހިފައިވުން
- ކުލި -/15000ރ.
- ތަން ކުއްޔަށް ނަގަން ބޭނުންވާ ތާރީޚް: އޭޕްރިލް 2019 އިން މާރިޗު 2021 އަށް.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޭޕްރިލް 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް އަދި، ތަނުގެ ފޮޓޯ އާއިއެކު އެސްޓީއޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ info@stomaldives.net އަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްމަށްފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު 02 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
03 އޭޕްރިލް 2019