ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު:IUL10-F/10/2021/134
އިޢުލާން
ލީގަލް ކޮންސަލްޓަންޓެއް ހޯދުން
މި މިނިސްޓްރީގެ ޕޮލިސް ބޯޑް ސެކްރެޓޭރިއެޓަށް ލީގަލް ކޮންސަލްޓަންޓެއް ހޯދުމަށް 12 ސެޕްޓެންބަރު 2021 ވަނަ ދުވަހު ކުރި ނަންބަރު (IUL)10-F/10/2021/125 އިއުލާނުގެ މައުލޫމާތު ޝީޓަށް ބަދަލެއް އައިސްފައިވާތީ އެ އިޢުލާން ބާޠިލްކޮށްފީމެވެ.
ވީމާ، މި މިނިސްޓްރީގެ ޕޮލިސް ބޯޑް ސެކްރެޓޭރިއެޓަށް ލީގަލް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.
ޓަރމްސް އޮފް ރެފަރެންސް
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާ އެއް ކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.
މަޤާމަށް އެދި ހުށަހެޅުން
މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ "ޓަރމްސް އޮފް ރެފަރެންސް" ގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެދިވަޑައިގަންނަވާ މަގާމް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ސިޓީތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.