ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒަށް ފައިބަރނެޓްވޯކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 13 އެޕްރީލް 2022 ވާ ބުދަ ދުވަހުން ފެށިގެން 20 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު adh.dhigurahhc@health.gov.mv އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒުގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރވެލައްވާ ފަރާތްތަކަށް އީމެއިލް ކޮށްދެވޭނެއެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 18 އެޕްރީލް 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން adh.dhigurahhc@health.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.