މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫއިން ބިންދޫކުރުމަށް ކަނޑައެޅިފައިވާ އަގުތައް

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

 

ނަމްބަރު: (IUL)325-MS/325/2022/40

އިޢުލާން

އެކިއެކި ބޭނުންތަކަށް ގޮއިދޫއިން ބިންކުއްޔަށް ދޫކުރުމާއި ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑައަގު ޢާންމުކުރުން

            ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ރަށްރަށުން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެކުޑައަގު ކަނޑައެޅުމުގެ ބާރު ،  ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކަށް ދީފައިވާތީ ، މި ކައުންސިލުން ބ ގޮއިދޫ އިން ބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑައަގު ، ކައުންސިލްގެ 4 ވަނަ ދައުރުގެ 43 ' 48   ވަނަ ޖަލްސާއިން ކަނޑައަޅާ ވަނީ ފާސްކޮށްފައެވެ.  މިގޮތުން އިޤްތިޞާދީ ، އިޖްތިމާޢީ އަދި ޢުމްރާނި ތަރައްޤީއާއި ގުޅުން ހުރި އެކިދާއިރާ ތަކުން ބިން ކުއްޔަށް ދޫކުރުމަށާއި ވިއްކުމަށް ކަނޑައެޅިފައިވާ އެންމެ ކުޑައަގު ތިރީގައި މިވަނީއެވެ.

ކުއްޔަށް ދޫކުރެވޭ ބިން :

ޒޯން އަދި މަސައްކަތުގެ ދާއިރާ

އެންމެ ކުޑައަގު 

( އަކަފޫޓަކަށް)

އިންޑަސްޓްރިއަލް ޒޯންތައް : ޞިނާއީ މަސައްކަތް ތަކަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު

0.25 ރުފިޔާ  އަކަފޫޓު

އެގްރިކަލްޗަރ ޒޯން : ދަނޑުވެރިކަމާއި ،ދިރޭތަކެތި ގެންގުޅުމަށް ޚާއްޞަ ކުރެވިފައިވާ  ސަރަޙައްދު

0.10  ރުފިޔާ އަކަފޫޓު

ވިޔަފާރި ޒޯން :          ޢާންމުންދިރިއުޅޭ ސަރަޙައްދުގެ

1.00 ރުފިޔާއަކަފުޓު

ވިޔަފާރި ޒޯން :          ބަނދަރު ސަރަޙައްދުގެ

1.50 ރުފިޔާ އަކަފޫޓު

ޓޫރިޒަމް ޒޯން :          ސިޓީހޮޓާ / ގެސްޓްހައުސް އަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު

4ޑޮލަރ އަކަ މީޓަރު

ޓޫރިޒަމް ޒޯން :         ޓޫރިޒަމާގުޅުންހުރި އެހެނިހެން ( ޑައިވިން ،ވޯޓަރ ސްޕޯޓް ފަދަ )

1.00 ރުފިޔާ އަކަފޫޓު

ޢާންމު ޚިދުމަތްދޭ ޒޯން ތައް:  ކޭބަލްޓީވީ / މުވާޞަލާތީ ޚިދުމަތް ފަދަ

0.70 ރުފިޔާ އަކަފޫޓު

ވިއްކާ ބިންތައް : 

ޓޫރިޒަމް ޒޯން :          ބީޗް ފްރަންޓް

450.00 ރުފިޔާ  އަކަފޫޓު

މީހުން ދިރިއުޅޭ ސަރަޙައްދު : ޢާންމު ދިރިއުޅުމަށް

300.00 ރުފިޔާ  އަކަފޫޓު

01 ސެޕްޓެންބަރު 2022
ހޯދާ