ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 65

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

23 ނޮވެމްބަރު 2022

ބައްދަލުވުން ބޭއްވި ގަޑި:

10:50

 

ނިންމުންތައް

  1. އެމް.ޕީ ކަޕް ފުޓްބޯޅަ މުބާރާތް 2022 އަށް ކައުންސިލުން ދޭންޖެހޭ އެންމެހައި އެއްބާރުލުން ދިނުމަށާއި މިހަފްތާގައި މުބާރާތުގެ މެނޭޖްމަންޓް ނެގުމަށް އިޢުލާނުކުރުމަށާއި މިކަމުގައި ޖަމިއްޔާތަކުގެ އެއްބާރުލުންހޯދައި ކޯޗެއް މެދުވެރިކޮށް މުބާރާތުގެ ޕްރެކްޓިސް ކުރިޔައްގެންދިއުމަށް ނިންމުނު.
  2. ރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތު އެއްބަސްވުން ފާސްކުރެވުނު.
  3. ވަންދޫ ސްކޫލުން ގްރޭޑް 10 ގެ ދަރިވަރުންގެ ތަޖުރިބާ ދަތުރަށް އެހީއަކަށް އެދިފައިވާތީ ކައުންސިލްގެ ބަޖެޓްގައި ހަރަދުކުރެވެންހުރި މިންވަރު ބެލުމަށްފަހު އިދާރީ ބައްދަލުވުމަކަށް ހުށަހަޅައި ސްކޫލުގެ ސިޓީގެ ސައްހަކަން ކަށަވަރުކުރުމަށް ނިންމުނު.
  4. ކައުންސިލްގެ ބަޖެޓް ތަންދޭނަމަ އިދާރީ މުވައްޒަފުންގެ މަޝްވަރާގެމަތިން ކައުންސިލްގެ ތަޖުރިބާދަތުރު ދާނޭ ރަށެއް ކަނޑައެޅުމަށް ނިންމުނު.
  5. އިދާރާއިން ހުށަހަޅާފައިވާގޮތުގެމަތިން ބަޖެޓް ކޮންޓްރޯލްހެދުމަށް ނިންމުނު.
23 ނޮވެންބަރު 2022
ހޯދާ