މަޤާމު
|
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
އެޑްމިން
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެކިއެކި ބޭނުންތަކުގައި ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ މީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއެކު ބޭނުންވާ ޚިދުމަތެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
- ޞިއްޙީމަރުކަޒުގެ އޯ ޕީ ޑީ އޭރިއާގައި ޚިދުމަތްދެވޭ ބަލިމީހުންގެ ފައިލް ނުވަތަ ޞިއްޙީ މަރުކަޒުގެ ރެކޯޑުތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ނޯޓިސްބޯޑުގައި ޢާންމުންނަށް ފެންނާނޭހެން ބަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުމާއި އަދި އާކުރަންޖެހޭ ލިޔުންތައް އާކޮށް ބެލެހެއްޓުން.
- ޞިއްޙީމަރުކަޒުން އިމަރޖެންސީކޮށް މާލެފޮނުވަންޖެހޭ ބަލިމީހުންގެ ކަންތައްތައް ހަމަޖައްސައިދިނުން.
- ހުސްނުވާ އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރަމުންގެންދާ ބަލިމީހުން އިމަރޖެންސީކޮށް ރިފަރކުރަން ޖެހިއްޖެނަމަ އެމީހެއްގެ ކަންތައްތައް ހުސްނުވާ އާސަންދައިގެ ޚިދުމަތްދޭ ފަރާތާ ގުޅައިގެން ހަމަޖެއްސުން.
- ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން.
- ރިސެޕްޝަނިސްޓުން، އެޓެންޑެންޓުން، މަސައްކަތު މީހުންގެ ޑިޔުޓީ ރޯސްޓަރ ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ފަރާތެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.
- ޑޮކްޓަރުންގެ ޑިޔުޓީބޯޑު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ލައިޓްތައް ދިއްލޭތޯ ދުވަހުން ދުވަހަށް ބަލައި، މައްސަލައެއް ހުރިނަމަ އެކަމެއް ކަމާބެހޭ ފަރާތަށް ރިޕޯޓުކުރުން.
- ޞިއްޙީ މަރުކަޒުގެ ޚިދުމަތަށް އެދި އަންނަ މީހުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ މައްސަލަތައް ޙައްލުކުރުން. އަދި ޙައްލުނުކުރެވޭ މައްސަލަތައް ލަސްނުކޮށް އިސްވެރިޔަކަށް އެންގުން.
- ކައުންޓަރުގައި ޑިޔުޓީކުރަން ޖެހިއްޖެ ޙާލަތެއްގައި ޑިޔުޓީކުރުން.
- ޑިޔުޓީގައި ދިމާވާ މުހިންމު ކަންތައްތައް ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެހުންނަވާ ފަރާތަކަށް ވަގުތުން ވަގުތަށް ރިޕޯޓުކުރުން.
- ޞިއްޙީމަރުކަޒަށް އިތުރުކުރެވޭ ޢިމާރާތްތަކާއި، ޢިމާރާތްތަކަށް ގެނެވޭ ބަދަލުތަކުގެ އިންފްރާސްޓްރަކްޗަރ ކަންތައްތައް ބަލަހައްޓައި ސްޕަވައިޒްކުރުން.
- ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުގެ ރަށްތަކަށްކުރާ ދަތުރުގައި ބައިވެރިވާންޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ޙަރަކާތްތެރިވުން.
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
|
ސުންގަޑި
|
މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 14 ޑިސެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ފޯމާއި ތަކެތި ބަލައިގަންނާނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުންނެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
- މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައެވެ.
- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 02 ހަފްތާގެ ތެރޭގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6620216 އެވެ. ވަޒީފާއަށް އެދޭ ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|