މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެހެންދި ޕްރީސުކޫލްގެ ފޮތްތައް ޕްރިންޓް ކުރުން

މި އިދާރާއިން ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ރެހެންދި ޕްރީސުކޫލްގެ ފޮތްތައް ޕްރިންޓްކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2023 ސެޕްޓެމްބަރ 03  ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ފޯން 6720031 އަށް ގުޅުއްވައި ނުވަތަ info@dhiggaru.gov.mv އަށް އީމެއިލް ކުރައްވައި ނުވަތަ https://forms.gle/VyMtPLEKnABG4eJv8  މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ.

-    އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-    ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ)

-  ރަޖިސްޓްރީ ނަމްބަރު

-    ގުޅޭނެ ފޯނު ނަންބަރު

-    އީމެއިލް އެޑްރެސް

-     މެއިލް ފޮނުވާ ފަރާތުގެ ނަން

ބީލަން ހުށަހެޅުން

2023 ސެޕްޓެމްބަރ 05 ވާ އަންގާރަ ދުވަހުގެ 10:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާއަށް ހާޒިރުވެގެން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަން ފޮނުވައިގެން.

(ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މިބީލަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،info@dhiggaru.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުވައިގެން ބީލަން ހުށަހަޅުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

27 އޮގަސްޓް 2023
ހޯދާ