މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެއިން ގުދަނެއް ކުއްޔަށް ހިފުމަށް.

ހުޅުމާލޭން ގުދަނެއްް ކުއްޔަށް ހިފުމާބެހޭ

ހުޅުމާލެއިން 800 އަކަފޫޓާއި 1000 އަކަފޫޓާ ދޭތެރޭގެ ތަނެއް ގްރައުންޑް ފްލޯރއިން ގުދަނަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 މާރިޗު 2015ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (3 ވަނަ ފްލޯރ އަށް) މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADMHR-MPL/2015/24ފ(19 ފެބުރުވަރީ 2015)ގެ އިޢުލާން ބާޠިލު ކޮށްފީމެވެ.

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާ ބެހޭ ތަފުސީލު

  • އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓު)
  • އިމާރާތަކީ ގުދަނެއް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ކުއްޔަށް ދޭ ގުދަން މަގުމައްޗަށް ވަކިން ވަދެވޭ ގޮތަށް ހުރުން
  • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • އިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
  • އިމާރާތުގެ ކުލި
  • އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު (05 އަހަރަށް) ވުރެ ކުރުނޫން މުއްދަތަކަށް

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
  • ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
  • ކުއްޔަށް ދޭ ތަނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ ތަނެއް ކަމުގައި ވުން

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި އިމާރާތުގެ ވެރިފަރާތްކަން، ތަނުގެ ބޮޑުމިން އެނގޭނެ ކުރެހުމެއް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން.

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު: %40
  •  ސެކިއުރިޓީ ގޮތުން ވަރުގަދަ އިމާރާތެއްނަމަ: % 10

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ