ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ކޮލިޓީ އެޝިއުރެންސް ޑިޕާޓްމަންޓް ހިންގުމަށް ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 2000 އަކަފޫޓުގެ އިމާރާތެއް 05 އަހަރަށް ކުއްޔަށް ހިފުމަށް ކުރެވުނު IUL)22-PU/1/2015/86) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
- މަދުވެގެން 4 ފާޚާނާހުރުން.
- ގްރައުންޑް ފްލޯއަށްވުރެ މަތިވާނަމަ ލިފްޓުހުރުން.
- ފަންކާ ނުވަތަ އޭސީ ހަރުކޮށްފައިވުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް: 26 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.
26 ޖުމާދަލްއޫލާ 1436