ދިވެހިރާއްޖެ
ފ.އަތޮޅު މަދަރުސާގެ 6 ކުލާސްރޫމް އިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް
ފ.އަތޮޅު މަދަރުސާގެ (ފ.ފީއަލި) 6 ކުލާސްރޫމް (2 ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމަދަރުސާގެ ނަންބަރު GS11/2015/15ފ(24 ޖޫން 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމުގައިވާތީ އެއިޢުލާނު ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ފ.އަތޮޅު މަދަރުސާގެ 6 ކުލާސްރޫމް (2 ބުރި އިމާރާތް) އަމިއްލަ ތަކެތީގައި އިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްކަތުން ތިރީގައި މިދަންނަވާ ތާރީޚަށް ފ.އަތޮޅު މަދަރުސާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުމަށް |
17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:00 |
ޕްރީބިޑް މީޓިންގ |
23 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަންދާސީހިސާބު ހުށަހެޅުމަށް |
03 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952910 ނަންބަރު ފޯނާއެވެ.