ދިވެހިރާއްޖެ
އިޢުލާން
މިކޯޕަރޭޝަންގެ އޮފީސް ހިންގުމަށް އޮފީސް ޖާގައެއް މާލެއިން ކުއްޔައް ހިފުމަށް ކުރެވުނު ނަންބަރު: IUL)438-RDS/1/2015/139 )(ތާރީޚު: 8 އޮކްޓޫބަރު 2015) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކޯޕަރޭޝަންގެ އޮފީސް ހިންގުމަށް 1500 – 2500 އަކަފޫޓުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަށް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ހިފާ އޮފީސް ޖާގައަކީ ތިރީގައި ބަޔާންކޮށްފައިވާ ހުރިހާ ޝަރުތެއް ހަމަވާ އޮފީސް ޖާގައަކަށް ވާންޖެހޭނެއެވެ.
އޮފީސް ޖާގައިގެ ހުންނަންޖެހޭ ޝަރުތުތައް
- ވަކި ކަރަންޓް މީޓަރެއް ހުރުން
- މަދުވެގެން 2 ފާޚާނަ ހުރުން
- ދެވަނަ ފްލޯއިން މަތީތަނެއްނަމަ ލިފްޓްހުރުން
- އެއަރ ކޮންޑިޝަނިންގ ހުރުން
- ތަޅުމުގައި މުށިޖަހާފައިވުން
- ފާޚާނާތަކަށް ބޭނުންވާ ވޯޓަރސަޕްލައި ފެންހުރުން
- ވަކި ފެނުގެ މީޓަރެއް ހުރުން
ވީމާ ދެންނެވުނު ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިން 1500 – 2500 ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަށް މާލެއިން ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅަންޖެހޭ ތަކެތި
- 1500 – 2500 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރުގެ މުއްދަތަކަށް މާލެއިން ކުއްޔަށް ދޫކުރާނެ އަގު
- ތަނުގެ ރަޖިސްޓަރީގެ ކޮޕީ
- އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ
- ތަނުގެ ކުރެހުން ބޮޑުމިނާއި ތަފްސީލުތައް އެނގޭ ގޮތަށް
- ފާޚާނާގެ އަދަދު އަދި ކޮޓަރި ހުރިނަމަ ކޮޓަރީގެ އަދަދު
- ފާޚާނާ ނުވަތަ ކޮޓަރި ނެތްނަމަ ނެތްކަން
- ތަނުގެ ފޮޓޯ
- އެންމެފަހުގެ ކަރަންޓު އަދި ފެނުގެ ބިލް
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
އޮފީސް ޖާގައެއް ކުއްޔަށް ހިފުމާގުޅޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2015/143
އަންދާސީހިސާބު އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އަގު (60 މާރކްސް)
- (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅިއަގު) 60
- ޝަރުތުތައް ހަމަވެފައިވާ މިންވަރު (20 މާރކްސް)
- ތަނުގެ ފެންވަރު (20 މާރކްސް)
- ހުށަހަޅާފައިވާ ފޮޓޯ އަދި ތަނުގެ ކުރެހުމަށް ބަލާފައި
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި ކަމަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، އަންދާސީހިސާބު ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަޙަޅުއްވާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚުތިޔާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.