މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ނީލަން ކިއުން

 ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ޚިލާފަށް ވަދެއުޅެނިކޮށް އަތުލައި ގަނެފައިވާ ސްރީލަންކާގެ ދެމަސްބޯޓުގައި ހުރި މަސްތައް ޚާއްޞަނީލަމެއްގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ.

  1. ނީލަން ކިޔުން އޮންނާނީ 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހު 14:00 ގައި އިސްކަންދަރުކޮށި-01 ގެ ތިރީ މީޓިން ރޫމުގައެވެ.
  2. މިތަކެތި ބެހެއްޓިފައިވަނީ ހުޅުމާލެ ކައިރީގައި އެމް.އެން.ޑީއެފްގެ ޚާއްސަ ބެލެހެއްޓުމުގެ ދަށުގައެވެ.
  3. މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2017 ޑިސެމްބަރ 18 ހޯމަ ދުވަހު 10:00 ގައި ބެލޭނޭ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.
  4. ނީލަން ކިޔާނީ ގާތްގަނޑަކަން 02 ޓަނު މަހެވެ.
  5. ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
  6. ނީލަން ފެށޭނީ ޓަނަކަށް 10000 (ދިހަހާސް) ރުފިޔާގެ ރޭޓުންނެވެ.
  7. ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000 (އެއްހާސް) ރުފިޔާ އަށްވުރެން ކުޑަނޫން އަގެއް ހުށަހަޅައިގެންނެވެ.
  8. ނީލަން ނިމޭތާ 24 ގަޑީރުތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓަށް ފައިސާ ހަވާލު ކުރަންވާނެއެވެ.
  9. ނީލަން ނިމޭތާ 24 ގަޑީރު ތެރޭގައި މަސްތައް ގެސްގޮސް ނިންމަންވާނެއެވެ.

   ވީމާ، ނީލަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ 09:00 ގެ ކުރިން 9999887 ނަމްބަރަށް ގުޅައިގެން ނަންނޯޓުކޮށް، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

16 ޑިސެންބަރު 2017
ހޯދާ